ފްލެޓްތައް ކުއްޔަށް ދޭތޯ ބަލައި، ފިޔަވަޅު އަޅަން އެޗްޑީސީއިން ނިންމައިފި
ދަޕްރެސް
12 އޮކްޓޯބަރު 2025 | އާދިއްތަ | 3:22
ސޯޝަލް ހައުސިން ސްކީމަކީ ދަށުން ގާއިމްކޮށްފައިވާ ފްލެޓްތައް ކުއްޔަށް ދޫކުރޭތޯ ބަލައި އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
އެޗްޑީސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސޯޝަލް ހައުސިން ސްކީމަކީ ބޯހިޔާވަހިކަމުގެ ތަނަވަސްކަން ނެތް ފަރާތްތަކަށް، އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމްތަކެއް ކަމަށެވެ.
ސޯޝަލް ހައުސިން ސްކީމްގެ ފަރާތުން ދޫކުރާ ފްލެޓްތައް އެހެން ފަރާތަކަށް ކުއްޔަށް ދިނުމަކީ އެޗްޑީސީ އާއި ސޯޝަލް ހައުސިން ފްލެޓް ލިބިފައިވާ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމާ ހިލާފު ކަމެއްކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.