ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރުގަދަވެ ސަމާލުވާން އިލްތިމާސްކޮށްފި

ދަޕްރެސް

12 އޮކްޓޯބަރު 2025 | އާދިއްތަ | 4:02

ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރުގަދަވެ ސަމާލުވާން އިލްތިމާސް ކޮށްފިއެވެ.

މިކަމާ ގުޅިގެން މެޓް އޮފީހުން ބުނީ ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރުގަދަވެފައިވާ ކަމަށާއި، ހާއްސަކޮށް ދެކުނާއި މެދު ރާއްޖެތެރެއަށް ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާކަމަށެވެ.

މެޓް އޮފީހުން ބުނީ ވައި ބާރުވުމާއެކު ކަނޑުތައް ގަދަވެ ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެހެންކަމުން ހާއްސަކޮށް ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިންމު ކަމަށެވެ. އިތުރަށް މެޓް އޮފީހުން ބުނީ ދިޔަވަރު ބޮޑު ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރުކުރުންވެސް އެކަށީގެންވާ ކަމަށެވެ.

މައުޟޫޢުތަށް