ފުރަތަމަ ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް ހާއްސަ 2 ސްކީމެއް ހިންގަނީ

ދަޕްރެސް

12 އޮކްޓޯބަރު 2025 | އާދިއްތަ | 7:02

ފުރަތަމަ ބޯހިޔާވަހިކަން (ފަސްޓް ހޯމް) ބޭނުންވާ ފަރާތްތަކަށް ބޯހިޔާވަހިކަން ލިބޭނެ މަގު ފަހިކޮށްދިނުމަށް 2 ސްކީމެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިންގް މިނިސްޓަރު އަބްދުالله މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފްލެޓު ލިސްޓު ހަދައި، އުސޫލުތައް ކަނޑައަޅައި، ފްލެޓު ދޭނެ މީހުން އިއުލާނުކޮށް އެއްބަސްވުން ހަދާފައިވާ 4000 ފްލެޓު ދިން އުސޫލާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، މިމަހު 5 ވަނަ ދުވަހު އޮތް ކެބިނެޓުން ވަނީ އެކަމާ ގުޅޭ ސިޔާސަތު ފާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން ފުރަތަމަ ސްކީމަކީ ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ފަންޑުކޮށްގެން ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކައި އަމިއްލަ ކުރެވޭ ގޮތަށް 3000 ފްލެޓު އެޅުމުގެ މަސައްކަތް ކަމަށާއި އެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މައުޟޫޢުތަށް