ޓެކްސް އެޕީލް ޓްރައިބިއުނަލަށް ދެ މެންބަރުން އައްޔަނުކޮށްފި
ދަޕްރެސް
13 އޮކްޓޯބަރު 2025 | ހޯމަ | 8:39
ޓެކްސް އެޕީލް ޓްރައިބިއުނަލަށް ދެ މެންބަރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަނުކުރައްވައިފި އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ކޮށްފައިވާ އިއުލާންތައް ބާތިލުކޮށް، އަލުން އެ ފުރުސަތު ހުޅުވާލީ މިދިޔަ އޮގަސްޓު މަހުގެ 22 ވަނަ ދުވަހުއެވެ. އޭގެ ކުރިން ވަނީ ދެ ފަހަރެއްގެ މަތިން އިއުލާންކޮށްފައެވެ.
އެ އިއުލާންތައް ބާތިލުކުރުމަށްފަހު، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ ދެ މަގާމަށް މެންބަރުން އައްޔަންކުރުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، ހުޅުވާލާފައިވަނީ މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށެވެ.