ކަނޑުތައް އާދަޔާ ހިލާފަށް ގަދަވެ، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް އިލްތިމާސްކޮށްފި

ދަޕްރެސް

13 އޮކްޓޯބަރު 2025 | ހޯމަ | 8:41

މި ހަފުތާއަކީ ރާއްޖެއަށް ވަރަށް ވިއްސާރަ ހަފްތާއެއް ކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފިއެވެ.

މި ހިނގާ ހަފްތާ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވަނީ އިއްޔެއެވެ. ހުޅަނގު މޫސުމުގެ ބާރުގަދަވެ، މިދިޔަ ހުކުރު ދުވަހުން ފެށިގެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ދަނީ ވިއްސާރަކުރަމުންނެވެ. ނަމަވެސް މާދަމާއިން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާ ކޮށްފައެވެ.

އެއާއެކު އެމްއެންޑީއެފް އިން މިއަދު ވަނީ، މުޅި ރާއްޖެއަށް ކުރިއަށް އޮތް ފަސް ދުވަހަށް މޫސުން ގޯސްވާނެކަމާއި، އަދި ހާއްސަކޮށް މުޅިރާއްޖެއަށް އާންމުގޮތެއްގައި ވައިބާރުވެ، ވިއްސާރަވެ، ކަނޑުތައް ގަދަވާނެކަމަށް، މެޓް އޮފީހުން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދިނުމަށް އިލްތިމާސްކޮށްފައެވެ.

މައުޟޫޢުތަށް