ބިދޭސީންގެ ފީތަކާއި ޖޫރިމަނާތައް ފަހުން ދައްކަން އެއްބަސްވުމުން ވޯކްޕާމިޓުތައް ބާތިލްކޮށްދެނީ
ދަޕްރެސް
13 އޮކްޓޯބަރު 2025 | ހޯމަ | 8:43
ބިދޭސީންނާ ގުޅޭ ޖޫރިމަނާ އާއި ފީތައް ފަހުން ދައްކަން އެއްބަސްވާ ގޮތަށް ކުރިން ފީ ނުދައްކާ ހުރި ވޯކް ޕާމިޓުތައް ބާތިލްކޮށްދޭނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ބިދޭސީން ވަޒީފާ އަދާކުރުމަށް ދޫކޮށްފައިވާ ވޯކް ޕާމިޓްތަކާއި މުވައްޒަފުންގެ ރިކޯޑުތައް ބެލެހެއްޓުމުގައި ވަޒީފާ ދޭ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން މިއަދުން ފެށިގެން ވޯކްޕާމިޓާއި ގުޅުން ހުރި ފީތަކާއި ޖޫރިމަނާތައް ވަގުތުން ދެއްކުމަކާ ނުލާ ވޯކްޕާމިޓް ބާތިލް ކޮށްދެވޭނެ ކަމަށެވެ.
ނަމަވެސް އެފަދައިން ވޯކްޕާމިޓް ބާތިލް ކުރެވޭނީ ފީތަކާއި ޖޫރިމަނާތައް ދެއްކާ ހަލާސްކުރާނެ ކަމަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެއްބަސްވުމަށް ފަހުގައި ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.