އެމްޑީޕީ ވެރިކަމުގެ ބަންޑާރަ ނައިބުކަން ކުރެއްވި ރިފްއަތު ވެސް އޭސީސީއަށް ހާޒިރުކުރަނީ

ދަޕްރެސް

13 އޮކްޓޯބަރު 2025 | ހޯމަ | 8:16

ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ބަންޑާރަ ނައިބު، އިބްރާހިމް ރިފްއަތު ވެސް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހާޒިރުވާން އަންގައިފި އެވެ.

ރިފްއަތު އޭސީސީއަށް ހާޒުރުވާންޖެހޭކަމަށް ބުނެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭސީސީގެ ތަހުގީގަށް ހާޒިރުވާން ރިފްއަތުއަށް ވެސް އަންގާފައިވާ ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އަދި މިއީ މިނިވަން މުއައްސަސާތަކަށް ސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވައިގެން އެމްޑީޕީގެ މެންބަރުންނަށް ބިރުދެއްކުމުގެ ގޮތުން ހިންގާ ސިލްސިލާ ހަރާކާތެއްގެ ގޮތުގައި ސިފަ ކުރައްވާ ސޯލިހު ވަނީ، ސިޔާސީ ނުފޫޒުގަ ޖެހި ރައްޔިތުންގެ އިތުބާރު ގެއްލޭ މިޒާތުގެ ކަންކަން ނުކުރުމަށް އޭސީސީގެ ވެރިންނަށް އިލްތިމާސް ކުރައްވާފައެވެ.

މައުޟޫޢުތަށް