އަތޮޅު ކައުންސިލްތައް އުވާލުމުން އަންނަ އަހަރު ކައުންސިލްތަކަށްދޭ ބްލޮކް ގްރާންޓް ބޮޑުވާނެ: ރައީސް

ދަޕްރެސް

14 އޮކްޓޯބަރު 2025 | އަންގާރަ | 9:04

އަތޮޅު ކައުންސިލްތައް އުވާލުމުން، އަންނަ އަހަރު ރަށްރަށުގެ ކައުންސިލްތަކާ، ސިޓީ ކައުންސިލްތަކަށް ދޭ ބްލޮކް ގްރާން ކުރިއަށްވުރެ ބޮޑުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ށ. ބިލެތްފަހީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ރަށު ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓް ކުރިއަށްވުރެ ބޮޑުކުރައްވާނެކަމަށެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ދޭ ފައިސާގެ އަދަދުވެސް އިތުރުވެގެން ދާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ކައުންސިލްތަކުގެ ބްލޮކް ގްރާންޓް 5 އިންސައްތައިން 10 އިންސައްތައަށް ބޮޑުވާނެކަމަށެވެ. އަދި ސަރުކާރުން ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކާއެކު ރަށްރަށުގެ ކައުންސިލްތަކުން އޭގެ ފައިދާ އެންމެ ބޮޑު ގޮތެއްގައި ރައްޔިތުންނަށް ކުރާނެ ފަދަ ގޮތަކަށް މަސައްކަތްކުރެއްވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގަންނަވާފައެވެ.

މައުޟޫޢުތަށް