ބަންކަރިން ހިދުމަތް: ލަފާކުރީ 400 މިލިއަން ލިބޭނެކަމަށް، ލިބުނީ 12 މިލިއަން ޑޮލަރު

ދަޕްރެސް

14 އޮކްޓޯބަރު 2025 | އަންގާރަ | 1:47

މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި ފެށި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތުން މިހާތަނަށް ލިބިފައި ވަނީ 12 މިލިއަން ޑޮލަރުގެ އާމްދަނީއެެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ބަންކަރިންގެ ހިދުމަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައިކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ ބަންކަރިންގެ ހިދުމަތުން މިހާތަނަށް 192،149،939 ރުފިޔާ (12 މިލިއަން ޑޮލަރުގެ)ގެ އާމްދަނީއެއް ލިބިފައިވާ ކަމަށެވެ. ޓެކްސްގެ ގޮތުގައި 17،360،589.10 ރުފިޔާ ދައްކާފައިވާ ކަމަށް ވެސް ސައީދު ވަނީ ވިދާޅުވެފައެވެ.

މައުޟޫޢުތަށް