ރާއްޖެ އާއި ޔޫކޭއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ލިޔެކިޔުމެއް ފެންނާކަށް ނެތް: މިނިސްޓަރު ސައީދު

ދަޕްރެސް

14 އޮކްޓޯބަރު 2025 | އަންގާރަ | 1:46

ރާއްޖެ އާއި ޔޫކޭއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށް، މި އަހަރު އަމަލުކުރަން ފަށާނެ ކަމަށް އެ ގައުމުން އަންގާފައި އޮތް އެއްވެސް ލިޔެކިޔުމެއް މިނިސްޓްރީގައި ފެންނަން ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖެ އިން ޔޫކޭއަށް އެކްސްޕޯޓްކުރާ މަހުން ނަގާ ޑިއުޓީ އެއްކޮށް ކަނޑާލަން، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރި މަޝްވަރާތަަކަކަށް ފަހު، މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް އަމަލުކުރަން މި އަހަރު ފަށަން ނިންމާފައިވާ އިރު، ޔޫކޭ-ރާއްޖެ ޑައިލޮގުގައި މި ސަރުކާރުން އެ ވާހަކަ ނުހިމެނި ސަބަބާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަހްމަދު ނަސީމްވަނީ ސުވާލުކޮށްފައެވެ.

މި ސުވާލަށް ޖަވާބު ދެމުން މިނިސްޓަރު ވިދާޅުވީ ޔޫކޭ އިން ރާއްޖެއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމްކޮށް، މިއަހަރު އަމަލުކުރަން ފަށާނެކަމުގެ ޔަގީންކަން ދިންކަން އެނގޭ އެއްވެސް ލިޔެކިއުމެއް އިކޮނޮމިކް މިނިސްޓްރީގައި ނެތް ކަމަށެވެ. ރާއްޖޭން އެކްސްޕޯޓްކުރާ މަހަށް ޔޫކޭ އިން މިހާރު ނަގާ 20 ޕަސެންޓް ޑިއުޓީ އަކީ އޭރުގެ ސަރުކާރުން މަޝްވަރާކޮށް ލުއި ހޯދާފައިވާކަމެއް ކަމުގައި މީކާއިލް ވިދާޅުވެފައިވާއިރު، މިނިސްޓަރު ވަނީ މި ވާހަކަތަކަކީ ހަގީގަތާއި ހިލާފު ވާހަކައެއް ކަމުގައ ވިދާޅުވެފައެވެ.

މައުޟޫޢުތަށް