ސްރީލަންކާ އަދި އިންޑިއާގެ އިމިގްރޭޝަން އުސޫލުތަކަށް ބަދަލުތަކެއް، ސަމާލުވޭ!
ދަޕްރެސް
14 އޮކްޓޯބަރު 2025 | އަންގާރަ | 3:44
ސްރީލަންކާ އަދި އިންޑިއާގެ އިމިގްރޭޝަން އުސޫލުތަކަށް ބަދަލުތަކެއް ގެނައުމާ ގުޅިގެން އެކަމަށް ސަވާލުވުމަށް ފޮރިން މިނިސްޓްރީއިން އެދިއްޖެއެވެ.
ފޮރިން މިނިސްޓްރީއިން ނެރުނު ބަޔާނުގައި ބުނީ އެ ބަދަލުތަކުގެ ސަބަބުން ސްރީލަންކާއިން އަދި އިންޑިއާއިން ދިވެހިނަށް ވިސާ ދިނުމަށް ހަމަޖެހިފައިވާ އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށެވެ.
ފޮރިން މިނިސްޓްރީއިން ބުނީ ސްރީލަންކާގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން މާދަމާއިން ފެށިގެން ސްރީލަންކާއަށް ދަތުރުކުރާ ކޮންމެ ޕެސެންޖަރަކު އެ ގައުމަށް އެތެރެވުމުގެ ކުރިން "އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން ()" އެއް ހޯދަންޖެހޭނެ ކަމަށެވެ.