ރައީސްގެ ދަތުރުފުޅުން ފޭދޫއަށް އުފާވެރިކަން، ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ފައްޓަވައިދެއްވައިފި
ދަޕްރެސް
14 އޮކްޓޯބަރު 2025 | އަންގާރަ | 4:06
ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅަށް މިހާރު ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން މިއަދު ފޭދޫއަށް ވަޑައިގެން އެ ރަށުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ފައްޓަވައިދެއްވައިފިއެވެ.
އެގޮތުން ފޭދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއާއި، ފީވަކު ސްކޫލް އިމާރާތް ކުރުމުގެ މަޝްރޫއުގެ އިތުރުން ފޭދޫ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައިވެސް މިއަދު ވަނީ ސޮއިކޮށްފައެވެ.
އެމްޓީސީސީން ބުނީ ފޭދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފައިވާކަމަށާއި، މިއަދު ސޮއިކުރެވުނު މަޝްރޫއުގެ މަސައްކަތް ނިމުމާއެކު ހިމާޔަތްކުރެވިފައިވާ ރީތި ގޮނޑުދޮށެއް ރަށުގެ ރައްޔިތުންނަށް ލިބި ރަށް ގިރުމުގެ މައްސަލައަށް ހައްލުލިބިގެންދާނެ ކަމަށެވެ/ އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން 320 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 340 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންޖެހުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. މިއީ 25.09 މިލިއަން ރުފިޔާއަށް 150 ދުވަސްތެރޭ ނިންމަން އެ ކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށްވެސް ވަނީ ބުނެފައެވެ.