ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ފެށޭނެ ގޮތް ފަހިވެއްޖެ: ސަރުކާރު

ދަޕްރެސް

14 އޮކްޓޯބަރު 2025 | އަންގާރަ | 7:04

ދިވެހިންގެ އުފެއްދުންތައް ބައިނަލްއަގުވާމީ މާކެޓުތަކުގައި ވިއްކުމައި ކޮންޓެންޓު ކްރިއޭޓަރުންނަށް ފައިސާ ލިބޭނެ މަގުފަހި ކުރުމަށްޓަކައި އޮންލައިން ޕޭމެންޓު ސިސްޓަމް، ޕޭޕަލްގެ ހިދުމަތް ފެށޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.



އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޕޭޕަލް އާއެކު ރާއްޖޭގެ ޕާޓްނަރެއްގެ ގޮތުގައި އުރީދޫ ފިންޓެކް ގުޅިގެން ޕޭޕަލްގެ ހިދުމަތް ތައާރަފް ކުރުމަށް ހަމަޖެހިގެން ގޮސްފައިވާ ކަމަށާއި މިއީ ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖޭގެ އިގްތިސާދަށް ތަރައްގީ ގެނެއުމަށް ކުރަމުންދާ މައިގަނޑު އެއް ލަނޑުދަނޑި ހާސިލްވުން ކަމަށެވެ.

މައުޟޫޢުތަށް