ފޯކައިދޫ އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ދަޕްރެސް

14 އޮކްޓޯބަރު 2025 | އަންގާރަ | 8:09

ށ. ފޯކައިދޫ އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކަމަށާއި، މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީވެސް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

އެމްޓީސީސީން ބުނީ 2026 މީހުންގެ އާބާދީއެއް ދިރިއުޅޭ ފޯކައިދޫ ރައްޔިތުންނަށް މިއަދު ސޮއިކުރެވުނު އިސްލާމީ މަރުކަޒުގެ މަސައްކަތް ފުރިހަމަކުރެވުމާއެކު ދީނީގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން 700 މީހުންގެ ޖާގައިގެ ނަމާދުކުރާ ހޯލެއް ގާއިމުކުރުމާއ،ި 300 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސްހޯލެއް ގާއިމުކުރުމުގެ އިތުރުން 3 ކްލާސް ރޫމާއ،ި ލައިބްރަރީއެއް ގާއިމުކުރެވިގެން ދާނެ ކަމަށެވެ.

މައުޟޫޢުތަށް