އައްޑޫ މީދޫގެ ބޮޑު ބިމެއް އަމިއްލަ މީހަކަށް ދޫކުރުމުގައި ކޮރަޕްޝަން ހިމެނޭކަމަށް ތުހުމަތުކޮށް މައްސަލަ މަޖިލީހަށް!
ދަޕްރެސް
15 އޮކްޓޯބަރު 2025 | ބުދަ | 9:05
ގާނޫނާ ހިލާފަށް، އައްޑޫ ސިޓީ މީދޫގެ ބޮޑު ބިމެއް، އެއްބަސްވުމެއް ވެސް ނެތި އަމިއްލަ މީހަކަށް ދޫކޮށްލި ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް މައްސަަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ ލާމަރުކަޒީ ކޮމިޓީއަށް ހުށަހަޅާފައިވަނީ މީދޫ ދާއިރާގެ މެންބަރު އަބްދުއް ރަހްމާންއެވެ. މި މައްސަލައިގައި ބުނެފައިވަނީ އައްޑޫ މީދޫ ޓޫރިޒަމް ޒޯނުން 17،000 އަކަފޫޓުގެ ބިމެއް އާއްމުކޮށް އިއުލާނުކުރުމެއް ނެތި ސަންވިލް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށް ދޫކޮށްފައިވާ ކަމަށެވެ. ތިން ކުންފުންޏަކަށް ދޫކޮށްފައިވާ ތިން ސްލޮޓެއް އެެއްކޮށްލައި އެއް ބިމެއްގެ ގޮތުގައި ދޫކޮށްފައިވާކަމަށް ތުހުމަތުކޮށް އަބްދުއް ރަހްމާން ވިދާޅުވީ އެ ތިން ކުންފުނީގެ ހިއްސާދާރުންނަކީ އެއްބައެއް ކަމަށެވެ.
އަބްދުއް ރަހްމާން ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވާ ކަންތައްތަކަކީ:-