72 ކިލޯގެ ޑްރަގް މައްސަލަ: ރަޖިސްޓްރޭޝަން ފީ ނުދައްކައިގެން ކޯޓުން މައްސަލަ ބޭރުކޮށްލައިފި

ދަޕްރެސް

15 އޮކްޓޯބަރު 2025 | ބުދަ | 10:29

ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުވާ އުފުލި ތިން މީހުންގެ މައްޗަށް ކުރި ހުކުމް، އިސްތިއުނާފް ކުރުމަށް ހައި ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި އެވެ.

ޑިސެމްބަރު 2020 ގައި ކަނޑުމަގުން ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް 72 ކިލޯގެ ޑްރަގް މައްސަލައިގައި އެންމެ އިސް މީހެއްގެ ގޮތުގައި ތުހުމަތު ކުރެވޭ އިރުފާން ތަގިއްޔުއަށް އުފުލީ ޑައިފޯމިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެވެ. އޭނާގެ އިތުރުން ދެން ދައުވާ އުފުލީ އަހްމަދު ނަސީރު، އަނބުގަސްދޮށުގެ، ދ. މާއެނބޫދޫ އާއި މުހައްމަދު އަކްރަމް، ހ. ގާޑްންބިޔުޓީގެ މައްޗަށެވެ.

އެ ތިން މީހުންގެ މައްޗަށްވެސް ކުށް ސާބިތުނުވާކަމަށް މިއަހަރުގެ ޖެނުއަރީ މަހު ހުކުމްކޮށްފައި ވާއިރު، އޭގެ ތިން މަސްފަހުން މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރަން މިދިޔަ އޭޕްރީލް މަހު ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އިން ވަނީ ހައި ކޯޓަށް ހުށަހަޅާފަ އެވެ. ނަމަވެސް ހައި ކޯޓުން މިއަދު ވަނީ، އެ މައްސަލަ ބަލައިނުގަންނަ ކަމަށް އަންގައި ލިޔުން ފޮނުވާފަ އެވެ.

މައުޟޫޢުތަށް