ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި، އެކަކު މަރުވެ 2 މީހަކު ގެއްލިއްޖެ
ދަޕްރެސް
16 އޮކްޓޯބަރު 2025 | ބުރާސްފަތި | 10:02
"އަލްމާކް ފިޔަ" ނަމަކަށް ކިޔާ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި އެކަކު މަރުވެ 2 މީހަކު ގެއްލިއްޖެއެވެ.
މާލެއިން ފުރައިގެން އެރިޔަދޫއަށް ދަތުރުކުރި "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ 100 ފޫޓުގެ އެ ކޮޅުވެއްޓި (ލޭންޑިން ކްރާފްޓް) ބަންޑުން ޖަހާލާފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށް އެމްއެންޑީއެފްއިން ވަނީ މައުލޫމާތު ދީފައެވެ.
އެމްއެންޑީއެފްއިން ބުނީ އެ ކޮޅުވެއްޓިން ދަތުރުކުރަމުންދިޔަ 7 މީހުންގެ ތެރެއިން 4 މީހަކު ސަލާމަތްކުރެވިފައިވާ ކަމަށެވެ.