ބަންޑުން ޖަހާލި ކޮޅުވެއްޓީގެ ބައިތައް އޮޔާދާތީ ސަމާލުވުމަށް އެދިއްޖެ

ދަޕްރެސް

16 އޮކްޓޯބަރު 2025 | ބުރާސްފަތި | 12:58

ރޭ ދަންވަރު ބަންޑުން ޖަހާލި ""އަލްމާކް ފިޔަ" ނަމަކަށް ކިޔާ ކޮޅުވެއްޓީގެ ބައިތައް އޮޔާދާތީ ސަވާލުވުމަށް އެމްއެންޑީއެފްއިން އެދިއްޖެއެވެ.

އެ ކޮޅުވެއްޓި ބަންޑުންޖަހާލާފައި އަޑިއަށްގޮސްފައި ވަނީ ކ. ތުޅާގިރީގެ އިރުދެކުނުން 1.3 ނޯޓިކަލް މޭލުން ކަމަށް އެމްޑީއެފްއިން ވަނީ މައުލޫމާތު ދީފައެވެ.

އެމްޑީއެފްއިން ބުނީ އުޅަނދުގެ ބައިތައް އޮޔާދާނެ ކަމަށް ލަފާކުރެވެނީ ތުޅާގިރީގެ އިރުމައްޗަށް ވާގޮތަށް ކަމަށެވެ. އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން އެކަމަަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ.

މައުޟޫޢުތަށް