ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އިންޑިއާ އަދި ލަންކާ މީހެއް
ދަޕްރެސް
16 އޮކްޓޯބަރު 2025 | ބުރާސްފަތި | 2:09
"އަލްމާކް ފިޔަ" ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އިންޑިއާ ނިސްބަތްވާ މީހަކާއި ސްރީލަންކާއަށް ނިސްބަތްވާ މީހެއް ކަމަށް ފުލުހުން ބުނެފިއެވެ.
މާލެއިން ފުރައިގެން އެރިޔަދޫއަށް ދަތުރުކުރި "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ 100 ފޫޓުގެ އެ ކޮޅުވެއްޓި (ލޭންޑިން ކްރާފްޓް) ބަންޑުން ޖަހާލާފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.
އެ ކޮޅުވެއްޓީގައި ދަތުރުކުރަމުންދިޔަ 7 މީހުންގެ ތެރެއިން 4 މީހަކު އެމްއެންޑީއެފްއިން ކުރި މަސައްކަތުން ވަނީ ސަލާމަތްކޮށްފައެވެ. އަދި ގެއްލުނު 3 މީހުން ހޯދުމަށް އެމްއެންޑީއެފްއިން ދަނީ މަސައްކަތް ކުރަމުންނެވެ.