ގަދަ ވަޔާއެކު އުދަ އަރާނެ ކަމަށް ލަފާކޮށް، މެޓް އޮފީހުން ނެރުނު އިންޒާރު ހޯމަ ދުވަހާ ހަމައަށް ދަންމާލައިފި
ދަޕްރެސް
16 އޮކްޓޯބަރު 2025 | ބުރާސްފަތި | 5:01
މި ފެށޭ ހަފްތާވެސް ކަނޑުތައް ގަދަވެ ވިއްސާރަވާނެ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.
މި ހަފުތާގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ނެރުނު ސަމާލުގައި މި ހަފްތާގެ އާދިއްތަ ދުވަހުއެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަ ކުރާނެ ކަމަށާއި އަންގާރަ ދުވަހުން ފެށިގެން ކަނޑުތައް އާދަޔާ ހިލާފަށް ގަދަވާނެ ކަމަށް މެޓް އޮފީހުން އޭރު ނެރުނު ސަމަލާުގައި ވެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ނެރުނު ސަމާލުގައި ވަނީ މުޅި ރާއްޖެ އަށް މި ފެށޭ ހަފްތާ ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ. އެގޮތުން ހުޅަނގު މޫސުމުގެ ބާރުގަދަވެ، ވައި ބާރުވުމާ އެކު، ކަނޑުތައް ގަދަވެ، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ.