ކައިރި ކައިރީ އެއާޕޯޓު އެޅުމަކީ ދަތުރުފަތުރުގެ ޒިންމާދާރުކަން ކުޑަ އަމަލެއް: ނަޝީދު
ދަޕްރެސް
16 އޮކްޓޯބަރު 2025 | ބުރާސްފަތި | 7:53
ކައިރި ކައިރީ އެއާޕޯޓު އެޅުމަކީ ދަތުރުފަތުރުގެ ޒިންމާދާރުކަން ކުޑަ އަމަލެއްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ އުތުރުގައި 4 އެއާޕޯޓު އޮއްވާ އިތުރު 4 އެއާޕޯޓު 19 މިނެޓާއި 36 މިނެޓު ތެރޭ ލޯންޗުގައި ދަތުރުކޮށްފައި ދެވޭ ދުރުމިނެއްގައި އެޅުމަކީ ހުރިހާ އެއާޕޯޓެއްގެވެސް އިގްތިސޯދު ދަށަށް ދާނެ ކަމެއް ކަމަށެވެ.
ނަޝީދު ވިދާޅުވީ މިކަމުގެ ސަބަބުން ލޯކަލް ޓޫރިޒަމަށްވެސް ނޭދެވޭ އަސަރު ކުރާނެ ކަމަށާއި، ކައިރި ކައިރީ އެއާޕޯޓު އެޅުމަކީ ދަތުރުފަތުރުގެ ގުޅިފައިވާ ނިޒާމެއްގެ ހަރުދަނާ ޕްލޭނެއް ނެތް ކަން ހާމަވާ ކަމެއް ކަމަށެވެ. އަދި މިއީ ޒިންމާދާރުކަން ކުޑަ އަމަލެއްކަމުގައި ނަޝީދު ވަނީ ސިފަ ކުރައްވާފައެވެ.