ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ހަނިމާދޫން މީހަކު ހައްޔަރުކޮށްފި
ދަޕްރެސް
17 އޮކްޓޯބަރު 2025 | ހުކުރު | 1:19
ހދ. ހަނިމާދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހަނިމާދޫގައި އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
އަދި އެ އޮޕަރޭޝަނުގައި، މައްސަލައިގައި ތުހުމަތު ކުރެވޭ ހދ. ހަނިމާދޫ، ޑޯން ޝައިން، އަހްމަދު އަޒުމީ (40 އަހަރު) ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. އޭނާ ހައްޔަރުކުރި އިރު އޭނާ ހުރި ތަނުން މަސްތުވާތަކެތި ކަމަށް ބެލެވޭ 6 ރަބަރު ޕެކެޓް ފެނިފައިވާއިރު އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 8.2 ގްރާމް ހުއްޓެވެ.