ސިނގިރޭޓު ވައްކަން: ތަހުގީގަށް ހުރަސް އެޅިދާނެތީ 241 ކޮމިޓީގެ ބައްދަލުވުން ހަފްތާއަކަށް ފަސްކޮށްފި

ދަޕްރެސް

17 އޮކްޓޯބަރު 2025 | ހުކުރު | 2:52

ވަގަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބެލުމުގެ ދަށުގައި ހުއްޓައި ވަގަށް ނެގި މައްސަލައިގައި ކަމާބެހޭ އިދާރާތައް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީ (241 ކޮމިޓީ)އަށް ހާޒިރުކޮށް ސުވާލުކުރަން ބާއްވާ ބައްދަލުވުން ފަސްކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ސުވާލުކުރަން ކޮމިޓީއަށް ހާޒިރުކުރަން ނިންމާފައިވަނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ އާއި ފުލުހުންނާއި ކަސްޓަމްސް އަދި އެމްޕީއެލްގެ އިސްވެރިންނެވެ.

ނަމަވެސް، މަޖިލީހުގެ އިދާރާއިން މިއަދު ވަނީ އެ ކޮމިޓީގެ ބައްދަލުވުން އެއް ހަފުތާއަށް ފަސްކޮށްފައިވާ ކަމަށް ބުނެފައެވެ. އަދި ހަފްތާއަކަށް ކޮމިޓީ ފަސްކުރަން ނިންމީ އެ މައްސަލައިގައި މި ވަގުތު ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިފި ނަމަ ތަހުގީގަށް ހުރަސްއެޅިދާނެތީ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް އެ އިދާރާއިން ހިއްސާކޮށްފައި ނުވެއެވެ.

މައުޟޫޢުތަށް