ކޮންކްރީޓަކީ ގިނަ ފަހަރު ދަރަނި، އުމްރާނީ މަސައްކަތްތައް މަޑުޖައްސާލުން މުހިންމު: ނަޝީދު

ދަޕްރެސް

17 އޮކްޓޯބަރު 2025 | ހުކުރު | 6:06

ތަރައްގީގެ ނަމުގައި ހިންގާ ހުރިހާ އުމްރާނީ މަސައްކަތްތަކެއް ކުރިއަށް ހަތަރު ފަސް އަހަރުގެ މުއްދަތަށް ހުއްޓާލުން މުހިންމު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ ދެން ވެރި ކަމަށް އަންނަ ރައީސަކު ވައުދު ވާންވީ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް މަޑުޖައްސާލުމަށް ކަމަށެވެ. އަދި ކުރިއަށް އޮތް އިންތިހާބުތަކުގެ ޝިއާރަކަށް ވާންވީ "އިހަށް މަޑުކޮށްލާ" ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މައުޟޫޢުތަށް