ސީޔާސީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް މިސްރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ދަޕްރެސް

18 އޮކްޓޯބަރު 2025 | ހޮނިހިރު | 9:37

ރާއްޖެ އާއި މިސްރާ ދެމެދު ސިޔާސީ ދާއިރާ އިން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއި ކޮށްފައި މި ވަނީ ފޮރިން މިނިސްޓަރޔ ޑރ. އަބްދުﷲ ހަލީލް މިހާރު މިސްރަށް ކުރައްވާ ރަސްމީ ދަތުރުގެ ތެރެއިންނެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ހަލީލެވެ. އަދި މިސްރުގެ ފަރާތުން ސޮއި ކުރެއްވީ މިސްރުގެ ފޮރިން މިނިސްޓަރު ޑރ. ބަދްރު އަބްދެލަތީއެވެ.

ފޮރިން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ސަބަބުން 2019 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި މި ދާއިރާއިން އެއްބާރުލުން ދިނުމާއި ގުޅޭގޮތުން ކުރި މަސައްކަތް ރަސްމީވެފައި ވާ ކަމަށެވެ.

މައުޟޫޢުތަށް