ލޯކަލް ކައުންސިލް އިންތިހާބު މާޗް މަހުގެ 28 ވަނަ ދުވަހު، ކުރިމަތިލުމަށް ޖެނުއަރީގައި ހުޅުވާލާނެ

ދަޕްރެސް

19 އޮކްޓޯބަރު 2025 | އާދިއްތަ | 9:53

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު ބޭއްވުމަށް ތާވަލުކޮށްފައިވަނީ 2026 ވަނަ އަހަރު މާޗް މަހުގެ 28 ވަނަ ދުވަހަށްކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި އީސީގެ ރައީސް ވިދާޅުވީ މި ދެ އިންތިހާބަކީ އިދާރީގޮތުން އެންމެ ބުރަ އަދި އެންމެ ގިނަ ތައްޔާރީތައް ވާން ޖެހޭ އިންތިހާބު ކަމަށެވެ. އެހެންކަމުން ދުރާލާ އިންތިހާބަށް ތައްޔާރުވުމުގެ ކަންކަން ތާވަލުކުރެވިފައިވާގޮތަށް ކުރިއަށްދާ ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އިންތިހާބާއި ގުޅޭ އިތުރު މައުލޫމާތު ހާމަކުރައްވަމުން ޒާހިދު ވިދާޅުވީ އިންތިހާބު ބާއްވާނެ ތާރީހެއްގެ ގޮތުގައި ކޮމިޝަނުން ތާވަލުކޮށްފައިވަނީ 28 މާރިޗު 2026 ކަމަށާއި، ކެންޑިޑެސީއަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ކަމަށެވެ. އަދި މިފަހަރު ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ކެންޑިޑެސީ ހުށަހަޅަންޖެހޭނީ އިލެކްޝަންސް ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ކަމަށް ޒާހިދު ވަނީ ވިދާޅުވެފައެވެ. މިއީ އިދާރީ އިންތިޒާމްތައް ފަސޭހަކުރުމަށާއި ހަރަދުކުޑަކުރުމަށްވެސް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ޒާހިދު ވަނީ ފާހަގަކުރައްވާފައެވެ.

މައުޟޫޢުތަށް