މިއަހަރުގެ "ޕިންކް ރިބަން ރަން-ވޯކް" 32 ރަށަކާއި 3 ރިސޯޓުގައި ބާއްވާފައިފި
ދަޕްރެސް
19 އޮކްޓޯބަރު 2025 | އާދިއްތަ | 10:15
ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އިން ބޭއްވި ޕިންކް ރިބަން ރަން-ވޯކް އަށް ބޭންކް އޮފް މޯލްޑިވްސް އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މި އަހަރުގެ ޕިންކް ރިބަން ރަން ހުޅުމާލޭ ސެންޓްރަލް ޕާކުގެ އިތުރުން 32 ރަށަކާއި، 3 ރިސޯޓުގައި ބާއްވާފައިވެއެވެ.
ސީއެސްއެމް އިން ކެންސަރަށް މީހުން ހޭލުންތެރި ކުރުމަށާއި، ކެންސަރު ބައްޔަށް ފަރުވާ ބޭނުންވާ ފަރާތްތަކަށް ސައިކޯސޯޝަލް އެހީ ފޯރުކޮށްދިނުމަށް އެކި ހަރަކާތްތައް ހިންގަމުން އަންނައިރު މި އިވެންޓަކީ އުރަމަތީގެ ކެންސަރަށް މީހުން ހޭލުންތެރި ކުރުމަށް ސީއެސްއެމް އިން ބާއްވާ ހަރަކާތެކެވެ.