ކޮޅުވެއްޓި ބަންޑުން ޖަހާލުން: ގެއްލުނު 3 ވަނަ މީހާވެސް މަރުވެފައި އޮއްވާ ފެނިއްޖެ
ދަޕްރެސް
19 އޮކްޓޯބަރު 2025 | އާދިއްތަ | 10:21
"އަލްމާކް ފިޔަ" ކޮޅުވެއްޓި ބަންޑުން ޖަހާލައި ގެއްލުނު 3 ވަނަ މީހާވެސް މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފްއިން ބުނީ ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ގެއްލިގެން ހޯދަމުންދިޔަ ތިންވަނަ މީހާގެ ހަށިގަނޑު އޮޔާދަނިކޮށް ފެނިފައިވާ ކަމަށެވެ.
އެ މީހާގެ ހަށިގަނޑު ފެނިފައިވަނީ މާލެ އަތޮޅު އާއިލާފުށްޓާއި ވިލާ ނޮޓިކާއާ ދެ ރަށް ދޭތެރެއިން އޮޔާދަނިކޮށް ރޭގެ ވަގުތެއްގައި ކަމަށް އެމްއެންޑީއެފްއިން ވަނީ މައުލޫމާތު ދީފައެވެ.