މާވަށު ސިއްހީ މަރުކަޒު ހޮސްޕިޓަލް ފެންވަރަށް ހިދުމަތް ދެވޭ ގޮތް ހަދާނަން: މުއިއްޒު

ދަޕްރެސް

20 އޮކްޓޯބަރު 2025 | ހޯމަ | 2:26

ލ. މާވަށުގައި ސިއްހީ މަރުކަޒު ތަރައްގީ ކުރައްވާނީ ރައްޔިތުން ބޭނުންވާ ގޮތަށް ހޮސްޕިޓަލެއްގެ ދަރަޖައަށް ހިދުމަތް ދެވޭ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމާކުރެއްވީ، ހައްދުންމައްޗަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލްކަމަށްވާ، ލ މާވަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މާވަށުގެ ސިއްހީ މަރުކަޒުގެ ހިދުމަތް މިހާރަށް ވުރެ ފުރިހަމަ ކުރެއްވުމަށް ނިންމަވާފައިވާކަން ހާމަކުރައްވައި، އެމަނިކުފާނު ވިދާޅުވީ ސިއްހީ މަރުކަޒަށް އިތުރު 4 އެނދުގެ ވޯޑަކާއި، ލެބޯޓްރީއަކާއި ޕަބްލިކް ހެލްތު ޔުނިޓެއްގެ އިތުރުންވެސް، ބައެއް ހިދުމަތްތައް ހިމެނޭ ގޮތަށް ތަރައްގީ ކުރެއްވުމަށް މިމަހުގެ ތެރޭގައި ބަޔަކާއި ހަވާލުކުރައްވާނެ ކަމަށެވެ. އަމާޒަކީ ހިދުމަތްތައް އިތުރަށް ތަރައްގީ ކުރައްވައި ސިއްހީ މަރުކަޒު ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްގީ ކުރެއްވުން ކަމަށެވެ.

މީގެއިތުރުން ކުރިއަށް އޮތް ތަނުގައި މާވަށަށް ހާއްސަކޮށްގެން ސީއެމްބިއުލާންސެއް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މައުޟޫޢުތަށް