400 މިލިއަން ހޯދަން ސެންޓަ އެންޓަޕްރައިސަސްއިންކުރާ ދައުވާތަކާ މެދު ޝައްކު އުފެދޭ: އޮޑިޓް ރިޕޯޓު

ދަޕްރެސް

20 އޮކްޓޯބަރު 2025 | ހޯމަ | 5:47

ސެންޓަ އެންޓަޕްރައިސަސް އިން ދައުލަތާ ދެކޮޅަށް ކުރާ ދައުވާތަކުގައި ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގެ ސައްހަ ކަމާމެދު އޮޑިޓް ރިޕޯޓުގައި ސުވާލު އުފައްދައިފިއެވެ.

ސެންޓަ އެންޓަޕްރައިސަސްއިން 2008 ވަނަ އަހަރުގެ ތެރޭގައި ހެލްތް މިނިސްޓްރީގެ ދަށުން ހިންގަމުންދިޔަ ޑީއެމްއެސްއަށް ފޯރުކޮށްދިން ކަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓާއި ކޮންސިއުމަބްލްސްގެ އަގާއި ޖޫރިމަނާގެ ފައިސާ ހޯދަން ހުށަހަޅާފައިވާ މައްސަލައާއި ގުޅޭ ހާއްސަ އޮޑިޓެއް ހަދައިދޭން ބަންޑާރަ ނައިބުގެ އޮފީހުން ވަނީ އެދިފައެވެ.

އެއާއެކު އެ މައްސަލައާ ގުޅޭ ހާއްސަ އޮޑިޓަކަށް ފަހު އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ، މިދިޔަ ބުދަ ދުވަހު ނެރުއްވި ރިޕޯޓުގައިވާ ގޮތުން، ދައުލަތުން ފައިސާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޖުމްލަ 6 ދައުވާއެެއް ކޮށްފައި ވެ އެވެ.

މައުޟޫޢުތަށް