4 ރަށެއްގެ ގިރާ ސަރަހައްދުތައް ހިމާޔަތްކުރަން ހާއްސަ އެއްބަސްވުމެއްގައި ސޮއިކޮށްފި
ދަޕްރެސް
20 އޮކްޓޯބަރު 2025 | ހޯމަ | 6:26
4 ރަށެއްގެ ގިރާ ސަރަހައްދުތައް ހިމާޔަތްކުރަން ހާއްސަ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއީ "ބިލްޑިން ކްލައިމެޓް ރެސިލިއަންޓް ސޭފާ އައިލެންޑްސް އިން ދަ މޯލްޑިވްސް" މަޝްރޫއުގެ ދަށުން ގްރީން ކްލައިމެޓް ފަންޑް (ޖީސީއެފް) އަދި ޖަޕާން އިންޓަނޭޝަނަލް ކޯޕާރޭޝަން އެޖެންސީ (ޖައިކާ) ގެ ހިލޭއެހީގައި، ޖައިކާއާއި ދިވެހި ސަރުކާރާގުޅިގެން ހިންގާ މަޝްރޫއުއެކެވެ. މި މަޝްރޫއު ހިންގުމަށް، 2023 ވަނަ އަހަރު ޖައިކާއާއެކު ދިވެހިސަރުކާރުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ރަށްތަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް މަސައްކަތް ކުރުން ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތްތައް ކުރުމަށް ކަނޑައަޅާފައިވާ 4 ރައްތަކަކީ އައްޑޫ ސިޓީ މީދޫ، ލ. ފޮނަދޫ، ލ. ގަން، އަދި ލ. އިސްދޫ ކަމަށް ވަނީ ބުނެފައެވެ.