ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަގުފު އިމާރާތްތަކެއް އަޅަން 68 މިލިއަން ރުފިޔާ އިންވެސްޓް ކުރަނީ

ދަޕްރެސް

20 އޮކްޓޯބަރު 2025 | ހޯމަ | 6:35

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަގުފު އިމާރާތްތަކެއް އަޅަން ނިންމަވާފައިވާކަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވަގުފު މަޝްރޫއުތައްް އިތުުރުކޮށް، އިސްލާމީ ފަންޑް ދިރުވުމުގެ މަސަައްކަތް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ކަންކަމެވެ.

އެއާއެކު އިސްލާމިކް މިނިސްޓަރު، ޝަހީމް މިއަދު މީޑިއާތަކަށް ފޮނުއްވެވި މެސެޖެއްގައި ވިދާޅުވީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީގެ އިތުރުން ގއ. ވިލިނގިލީގައި ވަގުފު މަޝްރޫއުތަކެއް ފައްޓަވަން ރައީސް ނިންމަވާފައިވާ ކަަމަށެވެ.

މައުޟޫޢުތަށް