ބަނގުރަލުގެ ވިޔަފާރި ކުރާ ނޭޕާލް 3 އަންހެނަކާއި ފިރިހެނަކު ހައްޔަރު ކޮށްފި

ދަޕްރެސް

21 އޮކްޓޯބަރު 2025 | އަންގާރަ | 10:18

ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި މާލެއިން ހަތަރު މީހުން ހައްޔަރު ކޮށްފިއެވެ.

މި ހަތަރު މީހުން ވެސް ހައްޔަރުކޮށްފައި ވަނީ ކައުންޓާނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މި މަހު 16 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހަތަރު ނޭޕާލް މީހުން ކަމަށެވެ. އެއީ ބިބަސް ރާއި (24އ) އާއި، ޑެބި ތަމަންގް (39އ) އާއި، ޕްރަތިޗާ ކަރްކީ ލިމްބް (31އ) އަދި ލަކްސްމީ ޖިމީ (37އ) އެވެ.

މައުޟޫޢުތަށް