އައްޑޫ ވޯޓު: ވަކިވަކި ކައުންސިލްތަކާއެކު ލިބޭނެ ބްލޮކް ގްރާންޓްގެ އަދަދު ރައީސް ވިދާޅުވެއްޖެ

ދަޕްރެސް

21 އޮކްޓޯބަރު 2025 | އަންގާރަ | 11:12

އައްޑޫ ސިޓީގައި ލޯކަލް ކައުންސިލް އެކުލެވިފައިވާ ގޮތް ބަދަލުކޮށް، ހުޅުދޫ މީދޫ އަދި ފޭދޫގެ ވަކި ކައުންސިލްތަކެއް އުފައްދައިފިނަމަ ސަރުކާރުން ދޫކުރާ ބްލޮކް ގްރާންޓު ވަކިން ކޮންމެ ކައުންސިލަކަށް ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، އެމަނިކުފާނު މިހާރު ހައްދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ހިޔާލު ހޯދުމަށް ނަގާ މި ވޯޓަކީ ރިޔާސީ އިންތިހާބުގެ ތެރޭގައި އެ ތިން ރަށުގެ ރައްޔިތުންގެ ފަރާތުން ވަކި ކައުންސިލުތައް ހެދުމުގެ މައްސަލައިގައި ހައްލެއް ހޯއްދައިދިނުމަށް އެދިފައި އޮތުމުން އެކަން ހައްލުކުރުމަށް ގާނޫނީ ނިޒާމުގެ ތެރެއިން ނަގާ ފެންނަ ނުފެންނަ ވޯޓެއް ކަމަށެވެ. އަދި އެ ތިން ރަށުގެ ރައްޔިތުން ނިންމާ ކޮންމެ ގޮތަކީ ސަރުކާރުގެ ނިންމުން ކަމަށާއި މިކަމުގައި ސަރުކާރުގެ ވަކި "ސްޓޭންޑެއް" (ހާސިލުކުރައްވަން ބޭނުންވާ ވަކި ނަތީޖާއެއް) ނެތް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މައުޟޫޢުތަށް