ހައްޖަށް ދިއުމުގެ ކުރިން ސިއްހީ ކުޅަދާނަކަން ލިބިގެންވާކަމުގެ ލިޔުން ނެގުން މުހިންމު: އިސްލާމިކް މިނިސްޓްރީ
ދަޕްރެސް
21 އޮކްޓޯބަރު 2025 | އަންގާރަ | 4:27
ހައްޖަށް ދިއުމުގެ ކުރިން ސިއްހީ ކުޅަދާނަކަން ލިބިގެންވާކަމުގެ ލިޔުން ނެގުން މުހިންމުކަން ފާހަގަކޮށް އެކަން ކުރުމަށް ހައްޖާޖީންނަށް އިސްލާމިކް މިނިސްޓްރީން ހަނދާންކޮށްދީފިއެވެ.
މިކަން ހާމަކޮށް އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސައުދި އަރަބިއްޔާގެ ހައްޖާ އުމްރާގެ ކަންކަމާއި ބެހޭ މިނިސްޓްރީން ހައްޖުވެރިންގެ ކިބައިގައި ސިއްހީ ގޮތުން ފުރިހަމަ ވާން ޖެހޭ އިރުޝާދުތައް އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާކަމަށެވެ. މިއީ ކޮންމެ އަހަރަކުވެސް އަމަލުކުރަމުންދާ އުސޫލެއް ކަމަށާއި، މިއީ ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރާ ކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެ މިނިސްޓްރީން އިތުރަށް ބުނީ މިއީ ސައުދި އަރަބިއްޔާގެ ސަރުކާރުން ހަރުދަނާކަމާއެކު ކުރާ މަސައްކަތެއް ކަމަށާއި، 1447ހ ވަނަ އަހަރު ހައްޖުގެ އަޅުކަން އަދާކުރަން ދާ ފަރާތްތަކުން ސަމާލުވާން ޖެހޭ ކަންކަން ބަޔާންކޮށް ސާކިއުލާއެއް ނެރެފައިވާ ކަމަށެވެ. ސާކިއުލާގައި ބަޔާންކޮށްފައިވާގޮތުން ހައްޖާޖީން ސައުދި އަރަރބިއްޔާގެ ސިއްހަތާއި ބެހޭ މިނިސްޓްރީގެ އެންގުން ތަކަށް ފުރިހަމައަށް ތަބާވުމާއެކު، ސިއްހީގޮތުން ކުޅަދާނަކަން ލިބިގެންވާކަން ހާމަކޮށްދޭ މެޑިކަލް ސެޓްފިކެޓު ނެގުން މުހިންމެވެ.