މީޑިއާ ކޮމިޝަނަށް މަޖިލީހުން ހޮވީ ފަރުސަތާއި، ސަފާ އަދި ސަހާރަތު

ދަޕްރެސް

21 އޮކްޓޯބަރު 2025 | އަންގާރަ | 4:40

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މެންބަރުންގެ މަގާމަށް 3 ބޭފުޅަކު އައްޔަންކުރަން މަޖިލީހުން ރުހުން ދީފި އެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރުކަމުގެ މަގާމަށް 10 ބޭފުޅުން ކުރިމަތިލެއްވިއެވެ. އޭގެ ތެރޭގައި ހިމެނެނީ ފާތިމަތު ފަހުމީ، މުހައްމަދު ފަރުސަތު، ސަފާ ޝަފީގު، އައިމިނަތު ސަރާހަތު އިއްޒަތު، އިބްރާހިމް މުހައްމަދު އެވެ. މީގެ އިތުރުން މޫސާ ރިލްވާން، މުހައްމަދު ފާރިސް ތޯހާ، ޝެހެނާޒް އަދްނާން، މުހައްމަދު ސާމިން، ޝަފީގާ ނައީމް ވެސް ވަނީ އެ މަގާމަށް ކުރިމަތިލައްވާފައެވެ.

ނަމަވެސް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިދިޔަ ހޯމަދުވަހު މި ބޭފުޅުންނާ އިންޓަވިއު ކުރިއިރު، އެ ބޭފުޅުންގެ ތެެރެއިން ޝަފީގާ ނައީމާއި ފާރިސް ތޯހާގެ ނަން ވަނީ އަނބުރާ ގެންދަވާފައެވެ.

މައުޟޫޢުތަށް