ވަގަށް ނެގި ސިނގިރޭޓް 2 ކޮންޓޭނަރުގެ ބައިތައް ތިލަފުށީފައި!
ދަޕްރެސް
22 އޮކްޓޯބަރު 2025 | ބުދަ | 8:43
އޮޅުވާލައިގެން ރާއްޖެއަށް ވަގަށް އެތެރެ ކުރި 40 ފޫޓުގެ 2 ކޮންޓޭނަރު ސިނގިރޭޓު ވަގަށް ނެގި މައްސަލަ ތަހުގީގު ކުރަމުން ގޮސް ކޮންޓޭނަރުގެ ބައިތައް ތިލަފުށިން ހޯދައިފިއެވެ.
ދިވެހި ފުލުހުން ބުނީ، ސިނގިރޭޓު ކޮންޓޭނަރު ވަގަށް ނެގި މައްސަލަ ތަހުގީގު ކުރަމުން ދާއިރު، ބަލައި ފާސްކުރުމަށް ހިންގާ އޮޕަރޭޝަންތަކުގެ ތެރެއިން ކ. ތިލަފުށީގެ އެކިއެކި ސައިޓުތައް ބެލި ކަމަށެވެ. އަދި އެގޮތުން ބަލަމުން ދަނިކޮށް އޮކްޓޯބަރު 19، 2025 ވަނަ ދުވަހުގެ އޮޕަރޭޝަންގައި އެ 2 ކޮންޓޭނަރުގެ ބައިތައް ފެނުނު ކަމަށާއި އެތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށެވެ.
2 ކޮންޓޭނަރު ސިނގިޭޓު ވަގަށް ނެގި މައްސަލަ އަކީ، މިދިޔަ އެޕްރީލް 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހިފަހައްޓާ، އެ 2 ކޮންޓޭނަރު ބަލަހައްޓާން މޯލްޑިވްސް ޕޯޓްސް ލިމިޓެޑާ ހަވާލު ކޮށްފައި ހުއްޓާ ވަގަށް ނެގި މައްސަލައެކެވެ.