ލ. ގަމަށް ބަދަލުވި ފަރާތްތަކަށް ނުދީ ހުރި 8.45 މިލިއަން މިހާރު ވަނީ ހަމަޖެހިފަ: ރައީސް
ދަޕްރެސް
22 އޮކްޓޯބަރު 2025 | ބުދަ | 11:39
އެހެން ރަށްރަށުން ލ. ގަމަށް ބަދަލުވި ފަރާތްތަކަށް ދޭން ޖެހޭ ފައިސާގެ ބަދަލު ނުދީ ހުރި ފަރާތްތަކަށް ދޭންޖެހޭ ފައިސާ މިހާރު ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހައްދުންމަތީގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގަމު ރައްޔިތުންނާ މުހާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އެހެން ރަށްރަށުން ގަމަށް ބަދަލުވި ފަރާތްތަކަށް ދޭން ޖެހޭ ފައިސާގެ ބަދަލުދީ ހަލާސްކޮށްދެއްވާނޭ ކަމަށް ރައީސްވެވަޑައިގެންފައިވާ ވައުދުފުޅަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ އެކަމަށް ބޭނުންވާ ފައިސާ މިހާރު ފިނޭންސް މިނިސްޓްރީއިން ހަމަޖައްސާފައިވާ ކަމަށެވެ.