އެމްޑީޕީން 50 މިލިއަން ރުފިޔާ އިން ދަރުވާލި، މިވީ 2 އަހަރުން 170 މިލިއަން ރުފިޔާ ދައްކައިފިން: ޝަހީމް

ދަޕްރެސް

22 އޮކްޓޯބަރު 2025 | ބުދަ | 12:01

އެމްޑީޕީ ސަރުކާރު ދިޔައީ 50 މިލިއަން ރުފިޔާއިން އިސްލާމިކް މިނިސްޓްރީ ދަރުވާލާފައި ކަމަށާއި މަޝްރޫއުތައް ނިންމުމަށް މިވީ ދެ އަހަރު ތެރޭ 170 މިލިއަން ރުފިޔާ ދައްކަން ޖެހުނު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެެވެ.

ޝަހީމް މިހެން ވިދާޅުވީ، މިއަދު މަޖިލީހުގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު، އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން މިދިޔަ ސަރުކާރުން ބަޔަކާ ހަވާލު ކޮށްގެން ހިތަދޫގައި އަޅަން ފެށި އިސްލާމީ މަރުކަޒުގެ މަސައްކަތް ކުރިއަށް ނުދަނީ އެ މަސައްކަތް ކުރަމުންދާ ކުންފުންޏަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދޭތީ ކަމަށް އެނގިފައިވާ ކަމަށާއި އަދި އެ މިސްކިތް ކުރިއަށް އޮތް ދެތިން އަަހަރު ތެރޭ ނިމޭނެ ތޯ ނާޒިލް އެއްސެވިއެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން ޝަހީމް ވިދާޅުވީ، މެންބަރު ދެއްކެވި ވާހަކަތައް މުޅިން ރަނގަޅު ނޫން ކަމަށާއި އެ މިސްކިތުގެ މަސައްކަތަށް ކޮންޓްރެކްޓަރަށް ދޭން ޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށެވެ. ހުރިހާ ބިލަކަށް ފައިސާ ދައްކަވާފައިވާނެ ކަމަށް ޝަހީމް ވިދާޅުވިއެެވެ. އެމްޑީޕީ ސަރުކާރުން މަޝްރޫއުތައް ހަވާލުކޮށްފައި ވަނީ މަސައްކަތް ކުރުމުގެ ކެޕޭސިޓީ ނެތް ބަޔަކާ ކަމަށާއި މަޝްރޫއުތައް ލަސްވަނީ އެހެންވެ ކަމަށް ޝަހީމް ވިދާޅުވިއެެވެ.

މައުޟޫޢުތަށް