ސަރުކާރުގެ ބޮންޑް މައްސަލައިގައި ޕެންޝަން ބޯޑުން ސަރުވަޝް އިސްތިއުފާދެއްވައިފި
ދަޕްރެސް
22 އޮކްޓޯބަރު 2025 | ބުދަ | 12:51
މަރުކަޒީ ބޭންކް، އެމްއެމްއޭން ފައިސާ ދީގެން ސަރުކާރުގެ ބޮންޑެއް ޕެންޝަން ފަންޑުން ގަންނަ މައްސަލައިގައި ހިތްހަމަ ނުޖެހި އެ ބޯޑުގައި އިންނަވާ އަހުމަދު ސަރުވަޝް އާދަމް ބޯޑުން އިސްތިއުފާ ދެއްވައިފިއެވެ.
މިކަން ހާމަކޮށް ސަރުވަޝް އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ އެމްއެމްއޭން ފައިނޭންސް ކުރާ ބޮންޑް ކުރިއަށް ގެންދިއުމަށް ނިންމުމާ ގުޅިގެން ޕެންޝަން ބޯޑުން އިސްތިއުފާ ދީފައިވާކަމަށެވެ.
މީގެ އިތުރުން ސަރުވަޝް ވިދާޅުވީ އެ ބޮންޑް ގަތުމުގެ މުއާމަލާތަކީ ގާނޫނީ އަދި އިގްތިސާދީ ގޮތުން ސީރިއަސް ކަންބޮޑުވުންތަކެއް ހުރި ނިންމުމެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެގޮތުން މަގާމުން އިސްތިއުފާ ދެއްވީ ތެދުވެރިކަމާ، ނަޒާހަތްތެރިކަން އަދި މުއައްސަސާގެ މިނިވަންކަމުގެ އުސޫލުތައް ދެމެހެއްޓުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލުކުރައްވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.