ވައިގަދަވެ އިފުރު އެއާޕޯޓަށް ނުޖެއްސި މަންޓާގެ ފްލައިޓެއް އަނބުރާލައިފި

ދަޕްރެސް

22 އޮކްޓޯބަރު 2025 | ބުދަ | 5:47

ވައިގަދަވެ އިފުރު އެއާޕޯޓަށް ނުޖެއްސި މަންޓާގެ ފްލައިޓެއް އަނބުރާލައިފިއެވެ.

މި ދުވަސްވަރު ވައިގަދަވެ ކަނޑުތައް ގަދަވެފައިވާއިރު، މިއަދު ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ވައިގަދަވުމުގެ ސަބަބުން މަންޓާ އެއާގެ އޭޓީއާރް 600-72 ވަނީ އިފުރު އެއާޕޯޓަށް ނުޖެއްސި އަނބުރާލާފައެވެ.

ވައިގަދަވުމުގެ ސަބަބުން މީގެކުރިންވެސް މިފަދަ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. އެގޮތުން ދާދި ފަހުންވެސް ވައިގަދަވެ މޯލްޑިވިއަންގެ ފްލައިޓަކަށް ހދ. ހަނިމާދޫ އެއާޕޯޓަށް ނުޖެއްސި ގިނަ އިރުތަކެއް މަތީ އުނދުހުމަށްފަހު އެނބުރި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައެވެ.

މައުޟޫޢުތަށް