13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ދިވެހި މުދައްރިސެއް ހައްޔަރު ކޮށްފި
ދަޕްރެސް
23 އޮކްޓޯބަރު 2025 | ބުރާސްފަތި | 10:30
13 އަހަރުގެ ކުއްޖެއް ދިރިއުލޭ ގެއަށް ގޮސް އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ޓީޗަރަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ، އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މި މަހުގެ 21 ވަނަ ދުވަހުގެ ރޭ ހުޅުމާލެ އިން ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެގޮތުން މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 46 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.