ނިމިދިޔަ ވެރިކަމުގައި ގޯސްކަމެއް ހިނގުމަކީ އެކަން ތަކުރާރުކުރަން އޮތް ހުއްޖަތެއް ނޫން: ނަޝީދު

ދަޕްރެސް

23 އޮކްޓޯބަރު 2025 | ބުރާސްފަތި | 5:19

ނިމިދިޔަ ވެރިކަމުގައި ނުރަނގަޅު ކަމެއް ހިިނގާފައި އޮތުމަކީ މި ވެރިކަމުގައި އަދި ދެން އަންނަ ވެރިކަމުގައި އެކަން ހަމަ އެގޮތަށް ކުރަން އޮތް ހުއްޖަތެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިފަދައިން ވިދާޅުވީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ ޕެންޝަން އޮފީސް މެދުވެރިކޮށް ސެކަަންޑްރީ މާކެޓުގައި 2.5 ބިލިއަން ރުފިޔާގެ ބޮންޑެއް މަރުކަޒީ ބޭންކް، އެމްއެމްއޭއަށް ވިއްކާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

މައުޟޫޢުތަށް