ރާޅު މަރިޔަނބު ދަރިފުޅަށް އިހުމާލުވި ކަމަށް ބުނެ، މިނިސްޓްރީން އެ ގެއަށް ދިޔަ އިރު އޭނާގެ ދަރިއަކު ނުހުރޭ!
ދަޕްރެސް
23 އޮކްޓޯބަރު 2025 | ބުރާސްފަތި | 7:17
މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް މައީޝާ (ރާޅު މަރިޔަނބު) އޭނާގެ ދަރިފުޅަށް އިހުމާލުވާ ކަމަށް ބުނެ މީހަކު ކުރި ރިޕޯޓަކާ ގުޅިގެން ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓް މިނިސްޓްރީން އޭނާގެ ގެއަށް ދިޔަ މައްސަލައެއް ފެންމަތިވެއްޖެއެވެ.
މިއަދު މައީޝާ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާގެ ދައްތައަށް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ގުޅާފައިވާކަމަށެވެ. އަދި މައީޝާގެ ދެ އަހަރުގެ ދަރިފުޅު ބެލުމުގައި އިހުމާލުވެފައިވާތީ ކުއްޖާ ނެގުމަށް ބޭނުންވާކަމަށް މިނިސްޓްރީން ބުނެފައިވާކަމަށް އޭނާގެ ޕޯސްޓުގައި ވެއެވެ. އެންމެ ފުރަތަމަ ހީކުރީ އެއީ ޕްރޭންކް ކޯލެއް ކަމަށް ކަމަށާއި ފަހުން ނަންބަރު ވެރިފައި ކުރުމުން އެއީ މިނިސްޓްރީގެ ނަންބަރެއްކަން ޔަގީންކުރެވުނު ކަމަށް މައީޝާ ވަނީ ބުނެފައެވެ.
މީގެ އިތުރުން މައީޝާ ބުނީ މި މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް ގެނެސް އޭނާގެ ދަރިއެއް ނުހުންނަކަމަށާއި މީހަކާއިވެސް ނީންނަކަމަށް ބުނެ މައުލޫމާތު ހިއްސާކޮށްފައިވާކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން ކަން ހިނގާފައިވާ އޮތްގޮތް ބެލުމަށް ފަހު ގުޅާނެ ކަމަށް ބުނެ ޖަވާބެއް ދިނުން ފިޔަވައި އިތުރު ކަމެއް މިނިސްޓްރީގެ ފަރާތުން ސާފު ނުވި ކަމަށް އޭނާ ވަނީ ބުނެފައެވެ.