ޒަމާނީ ފެންވަރަށް ތަރައްގީކުރާ މާލެއާއި ވިލިމާލޭގެ މަގުތަކުގެ ޑިޒައިން މަރުހަލާ ފަށަން ޗައިނާއާއެކު ސޮއިކޮށްފި
ދަޕްރެސް
24 އޮކްޓޯބަރު 2025 | ހުކުރު | 10:08
މާލެއާއި ވިލިމާލޭގެ މަގުތައް ހަދަން ޑިޒައިން މަރުހަލާ ފަށަން ޗައިނާއާއެކު ރާއްޖެއިން ސޮއިކޮށްފި އެވެ.
އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ކޮންގް ޝެންހުއާ އެވެ.
ސޮއިކުރި މި އެއްބަސްވުމުގެ ދަށުން މަސައްކަތް ފަށަނީ މަގުތައް ހަދަން ޑިޒައިންކުރުމުގެ މަރުހަލާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެއެވެ.