ރާއްޖެއާ ޕާކިސްތާނާ ގުޅިގެން ކުރެވޭނެ މަސައްކަތްތަކާމެދު މަޝްވަރާކޮށްފި
ދަޕްރެސް
24 އޮކްޓޯބަރު 2025 | ހުކުރު | 4:44
ޕާކިސްތާނުގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް ކޮމިޓީގެ ޗެއާމަން، ޖެނެރަލް ސާހިރް ޝަމްޝާދް މިރްޒާ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިކަމަށްޓަކައި އިއްޔެ ހެނދުނު ރައީސްގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޖެނެރަލް މިރްޒާއަށް ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި 2 ގައުމުގެ ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި 2 ގައުމުން ގުޅިގެން ކުރެވިދާނޭ މަސައްކަތްތަކުގެ މައްޗަށް ވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.