ފީފާގެ ރައީސް އިންފަންޓީނޯއާ އަދި ރައީސް މުއިއްޒު ދަނޑަށް!
ދަޕްރެސް
24 އޮކްޓޯބަރު 2025 | ހުކުރު | 7:26
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަދި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވި ފޯރިގަދަ މެޗެއް މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުރިއަށް ގެންގޮސްފިއެވެ.
މި މެޗަކީ ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރު ފާހަގަކުރުމަށް ގަލޮޅު ފުޓުބޯޅަ ދަނޑުގައި މިއަދު ކުރިއަށްގެންދިޔަ ހާއްސަ އިވެންޓްގެ ތެރެއިން ކުޅެވުނު މެޗެކެވެ.
މި މެޗުގައި ފީފާގެ ރައީސް އިންފަންޓީނޯ އަދި ރައީސް މުއިއްޒުގެ އިތުރުން ފީފާގެ އިސްވެރިންނާއި ސަރުކާރުގެ އިސްވެރިން އަދި ރާއްޖޭގެ ފުޓުބޯޅަ ކުޅުންތެރިން ބައިވެރިވެވަޑައިގެންނެވިއެވެ. 6-4 ގެ ނަތީޖާއަކުން މި މެޗު ކާމިޔާބުކުރެއްވީ އިންފަންޓީނޯ ހިމެނިވަޑައިގެންނެވި ފީފާގެ ޓީމުންނެވެ. މިއަދު ބޭއްވި ހަރަކާތުގައި މި މެޗުގެ އިތުރުން ވެސް ރާއްޖޭގެ ފުޓުބޯޅަ އެކެޑަމީތަކުގެ މެދުގައިވެސް ވަނީ މެޗެއް ކުޅެވަފައެވެ.