ތުޅާދޫ މިސްކިތުން ގަބުރުކަށި ފެނުން: މިނިސްޓްރީން ވަފުދެއް ފޮނުވި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެވުނު - އިބްރާހިމް ރަޝީދު

ދަޕްރެސް

25 އޮކްޓޯބަރު 2025 | ހޮނިހިރު | 10:08

ބ. ތުޅާދޫ މަސްޖިދުއްރަހުމާނު މިސްކިތުގައި ގަބުރުކަށި ހުރިތޯ ބެލުމަށް، އަދި މި ކަމުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށާއި ސުވާލުތަކަށް ޖަވާބުދިނުމަށް އިސްލާމިކް މިނިސްޓްރީން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމަށް އެރަށު ކައުންސިލުން ބުނުމުން އެކަމަށް ޑެޕިއުޓީ މިނިސްޓަރެއްގެ ފެންވަރުގައި އިސްލާމީ މަރުކަޒުގެ އިމާމުގެ ގޮތުގައި އައްޔަން ކުރައްވައިފައިވާ ޝެއިޚް އިބާރްހިމް ރަޝީދު ހަަސަން ރައްދުދެއްވައިފިއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އިބްރާހިމް ރަޝީދު ވިދާޅުވީ އިސްލާމިކް މިނިސްޓްރީން ފޮނުއްވި ވަފުދުގައި، މިނިސްޓްރީގެ ދީނީ އިލްމުވެރިއެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެންނެވި ކަމަށާއި، މި ދަތުރުގައި، ރައްޔިތުންގެ މެދުގައި ދީނީގޮތުން ހިޔާލު ތަފާތުވުން އުފެދިފައިވާ ބައެއް ކަންކަމާ ބެހޭގޮތުން ހުރި ސުވާލުތަކަށް ޖަވާބުދީ ދީނީ ދަރުސެއްވެސް ދެއްވިކަމަށެވެ.

މަސްޖިދުއްރަހްމާން އަލުން ބޭނުންކުރަން ފެށޭނެ ތާރީހަކާމެދު އެ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު މިދިޔަ ބުދަ ދުވަހު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ މިކަމަށް އެރަށު ކައުންސިލުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބޭ ކަމަށް ވިދާޅުވެފައެވެ.

މައުޟޫޢުތަށް