އައްޑޫ ކައުންސިލާ ގުޅޭ ހިޔާލު ހޯދުމުގެ ވޯޓު: 1189 މީހުން ވޯޓުލައިފި
ދަޕްރެސް
25 އޮކްޓޯބަރު 2025 | ހޮނިހިރު | 12:03
އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތް ބަދަލުގެނައުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުގައި ހާހަކަށްވުރެ ގިނަ މީހުން މިހާތަނަށް ވޯޓު ލައިފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި މިއަދުގެ 11:00 އާ ހަމައަށް ޖުމުލަ 1189 މީހުން ވަނީ ވޯޓު ލާފައެވެ. އެއީ 534 އަންހެނުން އަދި 655 ފިރިހެނުން ކަމަށް އީސީން ވަނީ ބުނެފައެވެ.
ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން މިހާތަނަށް 8387 މީހުން ވޯޓު ނުލާކަމަށްވެސް އީސީން ވަނީ ބުނެފައެވެ. އެއީ 87.58 އިންސައްތަ މީހުންނެވެ.