އައްޑޫ ސިޓީ ކައުންސިލް ބަދަލުކުރާ ވޯޓު ނިމި، ވޯޓު ގުނުމުގެ މަސައްކަތް ފަށައިފި
ދަޕްރެސް
25 އޮކްޓޯބަރު 2025 | ހޮނިހިރު | 5:04
އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތް ބަދަލު ގެނައުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުލުން ނިމި، ވޯޓު ގުނުމުގެ މަސައްކަތް ފަށައިފިއެވެ.
އައްޑޫ ސިޓީގެ 3 ރަށެއްގައި ވަކި ކައުންސިލްތަކެއް އުފެއްދުމަށް ރައްޔިތުންނަނަށް ފެންނަ ގޮތުގެ ހިޔާލު ހޯދުމަށް ނަގާ ވޯޓުލުން މިއަދު ހެނދުނު 8 ކުން ހަވީރު 4 އަށް ކުރިއަށް ގެންގޮސްފައިވާއިރު ވޯޓު ގުނަން ފަށާފައިވަނީ 4:30 ގައެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ ހުރިހާ ވޯޓުފޮއްޓެއް ބަންދުކޮށް، ގުނުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަަމަށެވެ. އަދި އެ ކޮމިޝަނުން މަސައްކަތް ކުރަމުންދަނީ ގުނުމުގެ މަސައްކަތް ނިންމާ، މިރޭ 21:00 ގައި ވަގުތީ ނަތީޖާ އިއުލާންކުރުމަށް ކަމަށެވެ.